މަސްވެރިން ބޮޑުމުޒާހަރާއަކާ ދިމާލަށް

މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ލިބެމުން ނާންނާތީ ރާއްޖޭގެ މަސްވެރިން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެގޮތުން މަސްވެރިން ނޫހުން ގެނެސްދީފައިވާ ގޮތުގައި މި މުޒާހަރާގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ މަސްވެރިންވެސް ބައިވެރިވާނެއެވެ.

މި މުޒާހަރާ އިންތިޒާމްކުމުގައި އިސްކޮށް އުޅޭ ކެޔޮޅަކު މަސްވެރިން ނޫހަށް ބުނެފައިވާ ގޮތުގައި މަސްވެރިންގެ ހާލަތު ގޯހުން ގޯހަށް ގޮސް މަސްވެރިން ބިކަވެ ނިކަމެތިވުމުގެ ސަބަބުން މަސްވެރިން އެމީހުންގެ ހައްޤު ހޯދަން އަޑުއުފުލަން މަޖުބޫރު ވެފައިވާކަމަށެވެ.

މި މުޒާހަރާ ބާއްވާނެ ވަކި ތާރީޚެއް އަދި އެނގިފައެއްނުވެއެވެ.

މަސްވެރިންގެ އެކިއެކި ކަންބޮޑުވުނަތަކާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މަސްކިރުމުގައި ދިމާވާ ބޮޑެތި ދަތިތަކާއި މަހުގެ އަގު ތިރިވުމާއި ގުޅިގެންވެސް ގިނަ މަސްވެރިންތަކެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިއްޔެ ވަނީ ހއ. އިހަވަންދޫގައި މަސްވެރިން އިންތިޒާމް ކޮށްގެން އެބައިމީހުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އިޙްތިޖާޖެއްވެސް ބާއްވާފައެވެ.

މީގެ އިތުރުން ފެލިވަރުގައިވެސް މަސްވެރިން ވަނީ އިޙްތިޖާޖު ކޮށްފައެވެ. މި މުޒާހަރާގައި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ފެލިވަރުން ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ށ. ކީކިމިނީގައި މަސް ގަތުމަށް ފެށުމަށާއި، މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ހިފެހެއްޓުމަށް ވަނީ ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ