މިލަންދޫ އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ށ. މިލަންދޫގައި މިއަދު މޫދަށް އެރި އުޅުނު އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ފެށުމަށް ވިދާޅުވީ، އުމުރުން ގާތްގަނޑަކަށް 32 އަހަރުގެ އެއަންހެން މީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށެވެ.

އަދި ނިޔާވި އަންހެން މީހާއަކީ އޭނާގެ މަންމައާއެކު ވަރަށް ގިނައިން މޫދަށް ގޮސްއުޅޭ މީހެއްކަމަށާއި، މިއަދުވެސް މަންމައާއެކު މޫދަށްގޮސް ގެއަށްއައި މަގުމަތީ ކުއްލިއަކަށް ވެއްޓި ހޭނެތުނީކަމަށެވެ.

ވެއްޓުމުގެ ފެންފޮދެއްދޭށޭ ބުނިކަމަށާއި، ނިޔާވި އަންހެންމީހާ ވެއްޓިފައި އޮތްއިރު އަނގައިން ފޮނުފާޑުގެ އެއްޗެއް ބޭރަށް ނުކުމެފައިހުރިކަމަށް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެއަންހެންމީހާ މީގެކުރިން ބޮޑު ބައްޔެއްވެފައިވާކަން ފާހަގަނުކުރެވޭކަމަށާއި، ނިޔާވި އަންހެންމީހާއަކީ ކައިވެނިކޮށްގެން އުޅޭމީހެއްކަމަށެވެ. އަދި އެ ދެމަފިރިންގެ ދަރިއެއް ނުހުންނަކަމަށެވެ.

އޭނާ ވަޅުލަން ހަމަޖައްސާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހުއެވެ.

މިއަދު މިލަންދޫން ކުއްލި ގޮތަކަށް އަންހެނަކު ނިޔާވިއިރު، މީގެ ދެ ދުވަސް ކުރިން ހއ. ފިއްލަދޫގައި ފުޓްބޯޅަ ކުޅެން އުޅުނު އުމުރުން 31 އަހަރުގެ ޒުވާނަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1119
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ