މަސްތުވާތަކެއްޗާއިއެކު މަޑުއްވަރީންނާއި މިލަންދޫއިން 3 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއިއެކު ރ. މަޑުއްވަރިން 2 މީހަކު އަދި ށ. މިލަންދޫއިން މީހަކު ހައްޔަރު ކޮށްފި އެވެ.

ނަރުދޫން މިލަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް އާއްމުފަރާތަކުން ފުލުުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ށ. މިލަންދޫ އިން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަހައްދުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން މަޑުއްވަރިއަށް ދަތުރުކުރަމުންދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 06:30 އެހާކަށްހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ދެ މީހުން ދޯނިން ފައިބައިގެން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ތިން ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި 2 މައްސަލަވެސް ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ