މިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިލަންދޫ ހެލްތް ސެންޓަރުން ވިދާޅުވިގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފާމަސީ އެއްގައި މަސައްކަތް ކުރާ ފަރާތެއް ކަމަށާއި މި ފަރާތާއި މިލަންދޫ އެއްވެސް ފަރާތެއް ސީދާ ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ.

މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން ކޮވިޑް-19 އަށް ހެދި ޓެސްޓުންނެވެ.

ރާއްޖޭގެ ރަށްރަށަށް ކަރަންޓީނަށް ދާ ގިނަ ބަޔަކު ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންނެވެ.

ރާއްޖެއިން ޖުމްލަ 8،486 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލިން ރަނގަޅުވެފައި ވަނީ 5،822 މީހުންނެވެ. އަދި މި ބަލީގައި 29 މީހުން ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
27
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ