އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މިދިޔަ ހޮނިހިރު ދުވަހު ގޮއްވާލި ރެކުރިއޭޝަނަލް ކޭމްޕާރ ވޭން (އާރުވީ) ގޮއްވާލައިފައިވަނީ އަމިއްލައަށް މަރުވެގެންކަމަށް އެންމެފަހުގެ ތަހުގީގުތަކުން ދައްކައިފިއެވެ.
އާރުވީ ގޮއްވާލި ސަރަހައްދުން ފެނުނު އިންސާނެއްގެ ބައިތަކުގެ ޑީއެންއޭ ހަދަމުން އަންނައިރު އެމެރިކާގެ ނޫސްތަކުން ތަހުގީގީ އިދާރާތަކާއި ހަވާލާދީ ބުނެފައިވަނީ މި އިންސާނެއްގެ ބައިތަކަކީ އަމިއްލައަށް މަރުވެގެން އާރުވީ ގޮއްވާލި މީހާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތުތައް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް ފުލުހުން މިހާރުވަނީ މިހަމަލާދިން މީހާ އާއި ގުޅުން އޮންނަ ގެޔެއް ބަލައި ފާސްކޮށްފައެވެ.
އާރުވީ ގޮއްވާލި ހާދިސާގައި ތިން މީހަކަށް ގެއްލުން ލިބި ޓެނެސީ ސުޓޭޓާއި އަދި އިތުރު ތިން ސުޓޭޓެއްގެ މުވާސަލާތީ ގުޅުންތަކަށްވަނީ ބުރޫ އަރައިފައެވެ.
ހަމަލާދިނީ އަދި ކާކުކަން ހޯދިފައި ނުވާއިރު މިހަމަލާ ދިން ކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެއެވެ.



