"ޖަލުގައި އޮތް މީހަކަށް އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އައިބުކަމެއް"

ޖަލުގައި އޮތް މީހަކަށް އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭކަމެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ޑރ. އިޔާޒް ރައީސް ޔާމީންއަށް ނިސްބަތްކުރައްވައި ދައްކަވާފައިވާ ވާހަކަފުޅަކާ ގުޅިގެންނެވެ. ޑރ. އިޔާޒް ވިދާޅުވެފައި ވަނީ އެމްޑީޕީއާއެކު ނުކުންނަން ޖެހުނީ ޤައުމު އިސްލާހު ކުރަން ރައީސް ޔާމީންއަށް ފުރުޞަތު ލިބުނީމަ އެކަން ނުކޮށް، މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮއެދޭ އެންމެން ޖަލަށްލާ ވައްކަން އާންމުކޮށް "ބެގް ބޯރޯ އޯ ސްޓީލް"ގެ ސިޔާސަތު ފަތުރަން އުޅުއްވީމަކަމަށެވެ.

ޑރ. އިޔާޒް ކުރައްވާފައިވާ ޓްވީޓަކަށް މީހަކު ދެއްވި ރައްދަކާ ގުޅިގެން އިޔާޒް ވިދާޅުވެފައި ވަނީ ހަޤީޤަތް އޮޅުވާ ނުލައްވާ އެކަން ޤަބޫލު ކުރައްވުމަށެވެ. އަދި އެއީ ދޮގެއްތޯ ރައީސް ޔާމީން ގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ޖަމީލް އަޙްމަށް ވަނީ ސުވާލު ކުރައްވާފައެވެ.

ޑރ. އިޔާޒްގެ މި ވާހަކަފުޅުތަކާއި ގުޅިގެން ޝަހީމް ވިދާޅުވީ ޖަލުގައި ބްނަދުވެފައި އޮތް މީހަކާ ދިމާއަށް މިނިވަން ހާލުގައި ހުރި މީހަކު އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއްކަމަށެވެ.

"ޓްވިޓާގައި މީހުންނަށް އެއްޗެހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރޭ" ޑރ. އިޔާޒްއަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ