ތ އަތޮޅާއި ލ އަތޮޅާ ދެމެދު އެމްޓީސީސީގެ ލޯންޗު ފެރީގެ ހިދުމަތް ފަށައިފި

އެމްޓީސީސީގެ ފަރާތުން ތ. އަތޮޅު އަދި ލ. އަތޮޅާއިދެމެދު ފެށުމަށް ނިންމާފައިވާ ލޯންޗް ފެރީގެ ޙިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އެގޮތުން އެމްޓީސީސީ އިން ބުނީ ތ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށް ފެރީގެ ހިދުމަތް ފަށައި ރޭ އިފްތިތާޚްކޮށްފައިވާ ކަމަށެވެ

ފުރަތަމަ ދަތުރު މިއަދު ފެށުމަށް މިހާރުވަނީ ތައްޔާރުވެފައި ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

ތ. އަދި ލ. އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.

ތ އަދި ލ އަތޮޅާއި ދެމެދު މި ޚިދުމަތް ހަފުތާއަކު 4 ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި) ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެގޮތުން އެ ކުންފުނިން ވަނީ ފެރީގެ ހިދުމަތް ފެއްޓުމުގައި އެމްޓީސީސީ އާއި އެކު ވަރަށް ގާތުން މަސައްކަތްކޮށްދެއްވިމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ