އިނގިރޭސިވިލާތުގައި ރިކޯޑު އަދަދަކަށް މިއަދު މީހުން ކޮވިޑަށް ޕޮޒިޓިވުވެއްޖެ

އިނގިރޭސިވިލާތުން މިއަދު ރިކޯޑު އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން ހާމަކުރި ތަފާސްހިސާބައް ބަލައި ބީބީސީގައި ބުނެފައިވަނީ އިނގިރޭސިވިލާތުން މިއަދު 53،135 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް އިނގިރޭސިވިލާތުން ޕޮޒިޓިވުވާ މީހުންގެ ރިކޯޑު އަދަދަކަށް އަރައިފައި މިވަނީ ކޮވިޑް-19ގެ އާ ވޭރިއެންޓެއް އިނގިރޭސިވިލާތުން ފެނިފައި ވަނިކޮށެވެ. މައުލޫމާތު ލިބޭގޮތުގައި ވައިރަހުގެ މިއުޓޭޓްވެފައިވާ އާ ވޭރިއަންޓަކީ ކޮރޯނާވައިރަހަށް ވުރެ 70 އިންސައްތަ އަވަހަށް ފެތުރޭ އެއްޗެކެވެ.

އިނގިރޭސިވިލާތުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 41،385 މީހުންނެވެ. މުޅި ޖުމްލަ އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 2,382,865 އެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރެއިން 71,567 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ