އޭޝިއާއިން ފައިޒާ ވެކްސިން ދޭންފެށި ފުރަތަމަ ގައުމަކަށް ސިންގަޕޫރު

ކޮވިޑް-19 އަށް އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން ގުޅިގެން އުފެއްދި ވެކްސިން ސިންގަޕޫރުގައި ދޭންފަށައިފިއެވެ.

ސިންގަޕޫރުގައި ފައިޒާ ވެކްސިން އެންމެ ފުރަތަމަ ދޭންފަށައިފައިވަނީ ސިއްހީ މަސައްކަތްތެރީންނަށެވެ. މިގޮތުން މިއަދު އެންމެ ފުރަތަމަ މި ވެކްސިން ދީފައިވަނީ ނޭޝަނަލް ސެންޓަރފޯ އިންފެކްޝިއަސް ޑިސީސަސްގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރީންނަށެވެ.

މިގޮތުން ސިންގަޕޫރުގެ ނޭޝަނަލް ސެންޓަރފޯ އިންފެކްޝިއަސް ޑިސީސަސްގައި މަސައްކަތްކުރާ 30 މީހުންނަށް ފައިޒާ ވެކްސިން ދީފައިވާއިރު މި ވެކްސިނުގެ ދެވަނަ ޑޯޒެއް އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ދޭނެއެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފައިޒާ ވެކްސިން ދިނުމުގެ ހުއްދަ އެންމެ ފުރަތަމަ ދިން ގައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރުން އައްނަނީ ކޮވިޑް-19 އަށް އެހެން ކުންފުނިތަކުން މިހާރު އުފައްދައިފައިވާ ކާމިޔާބު ވެކްސިންތައް ހޯދުމުގެ މަސައްކަތްވެސް ފަށައިފައެވެ.

ސިންގަޕޫރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ތިންވަނަ ކުއާޓާރ ނިމުމުގެ ކުރިން އެގައުމުގެ 5.7 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ