93 އަންހެނުން މަރާލި އެމެރިކާގެ ސީރިއަލް ކިލަރ މަރުވެއްޖެ

93 އަންހެނުން މަރާލި އެމެރިކާގެ ސީރިއަލް ކިލަރ އެއް ކަމަށްވާ ސެމުއަލް ލިޓުލް އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ.

ސުޓޭޓް ޑިޕާޓްމެންޓް އޮފް ކަރެކްޝަންސް އެންޑް ރިހިބިލިޓޭޝަނުން ބުނީ ލިޓުލް މަރުވެފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ބުދަ ދުވަހު ކަމަށެވެ.

ލިޓުލް މަރުވިއިރު އޭނާ ގެންދިއައީ ތިން އަންހެނުން މަރާލިކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަ ކުރަމުންނެވެ. ނަމަވެސް މި ހުކުމަށްފަހު ލިޓުލްވަނީ 1970 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު މުޅި ޖުމްލަ 93 އަންހެނުން މަރާލިކަމަށް އެއްބަސް ވެފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިޓުލް މަރައިފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކާއި އަދި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދިޔަ އަންހެނުންނެވެ.

ލިޓުލް ގިނަމީހުން މަރައިފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ލިޓުލް މެރި ގިނަ މީހުންގެ ކިބައިން އެއްވެސް ހަމަލާއެއް ދިންކަމުގެ ނިޝާނެއް ފެއްނާކަށް ނުހުރެއެވެ. މިހެންކަމުން މިފަދަ ގިނަ މަރުތައް ގިނަފަހަރަށް ތަހުގީގު ކުރެވިފައެއް ނުވެއެވެ.

މިދިޔަ އަހަރު ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފައިވަނީ، ލިޓުލް ވެފައިވާ އިއުތިރާފަކީ ތެދުކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެފްބީއައި އިންވަނީ ލިޓުލް މެރިކަމަށްބުނާ ބަޔެއް މީހުންގެ ތަސްވީރު އޭނާ ލައްވައި ކުރަހައިފައެވެ.

ލިޓުލް ކުރަހައިފައިވާ މީހުންގެ ތަސްވީރުތައް

ލިޓުލް ހައްޔަރުކޮށްފައިވަނީ 2012 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ކެންޓާކީއިންނެވެ. ލިޓުލް ކެންޓާކީއިން ކެލިފޯނިއާއަށް ބަދަލުކޮށް އޭނާގެ ޑީއެންއޭ ސާމްޕަލް ބެލިއިރު އެ ސާމްޕަލްވަނީ ތަހުގީގު ކުރަމުންދިޔަ މަރުގެ ދެމައްސަލައަކާއި ގުޅިފައެވެ. މި ދެމަރަކީ 1987 އާއި 1989 އަކާއި ދެމެދު ހިނގައިފައިވާ ދެ މަރެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ