މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ ކާރުކޮޅު ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި މަޖީދީމަގާއި ޝަހީދުއަލީ ހިނގުން ގުޅޭ ކަންމަތިން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލު، ހުޅަނގުން އިރަށް ދުއްވާފައިދިޔަ ކާރުގައި ޖެހިގެން ކަމަށެެވެ.
މިއަދު ހެނދުނު 11:50 ހާއިރު ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއިރު، އެކްސިޑެންޓް ހިނގިއިރު މޭޔަރ ޝިފާ ކާރުގައި ވަޑައިގެން ނެތެވެ.
މި އެކްސިޑެންޓްގައި ދެ ވެހިކަލަށްވެސް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން ސައިކަލްގެ ހުންގާނު ހަލާކު ވުމުގެ އިތުރުން ކާރުގެ ބަފަރު ވަނީ ނައްޓައިގެން ގޮސްފައެވެ.




