މާލޭ މަޖީދީމަގުން ރާފުޅި ތަކަކާއެކު މިރޭ ބަޔަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާފުޅިތަކާއެކު ބަޔަކު ހައްޔަރުކޮށްފައިވަނީ މަޖީދީ މަގުގައި ހުއްނަ ރެޑްވޭވް ފިހާރަ ކައިރިންނެވެ.
ފުލުހުން ވިދާޅުވީ ޑުރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިރޭ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި މި އޮޕަރޭޝަނާއިބެހޭ އިތުރު މައުލޫމާތު ފޯރުކޮށްދެވޭނީ އޮޕަރޭޝަން ނިމުމުން ކަމަށެވެ.
އާއަހަރު ފާހަގަ ކުރުމަށް މާލޭގައި ޕާޓީތައް ބޭއްވުމަކީ މިފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. މިފަދަ ބަޔެއް ޕާޓީތަކުގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުތައް ކުރެވެއެވެ. އަދި މިފަދަ ޕާޓީތަކަށް ތައްޔާރުވަމުން ދަނިކޮށް ފުލުހުންވަނީ މީގެ ކުރީ އަހަރުތަކުގައިވެސް ބަޔެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.





2 Responses
Dhivehi raajje secular state akah hedhumah kurevey massahkathe therein ehkamakee baguralaaa ehenves masthuvaa thakehchah zuvaanun dhoalhakoh waanmukurumeve.
ބާނގުރަލާއެއްކޮށްތަ އެމްޑީއެން ހަމީދު ހުންނާނީ ވަރަށް އުފަލުން