ދޯނީގެ ވަތަށް ވެއްޓި ޒުވާން މަސްވެރިއެއްގެ އަތް ބިންދައިގެން ގޮސްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ވަތަށް ވެއްޓި އަތް ބިންދިފައިވަނީ "ދޯދި" ދޯނީގެ އުމުރުން 20 އަހަރުގެ ދިވެހި ޒުވާން މަސްވެރިއެއްގެ ކަމަށެވެ. އަދި އެމަސްވެރިޔާގެ އަތްބިންދިފައިވަނީ ކ.ކޮށްދިއްޕަރު ކައިރި މަސްވެރިކަން ކުރަން އުޅެނިކޮށްކަމަށްވެސް އެމްއެންޑީއެފްއިންވަނީ މަޢުލޫމާތު ދީފައެވެ.
އަދި އެމަސްވެރިޔާ އަވަސް ފަރުވާއަށް މާލެ ގެނައުމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ޙަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 16:09 ހާއިރުކަމަށެވެ.



