ބޯކޮށް ވާރެވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ، ބޯކޮށް ވާރޭވެހުމާއިއެކު ގުގުރައި، ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
Alert White for heavy rain, thunderstorms, strong winds and rough seas. pic.twitter.com/dtqxkYtnMT
— Maldives Meteorology (@MetMaldives) January 1, 2021
މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަ ވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 23:30 އިން ފެށިގެން މިރޭ ފަތިހު 4:30 އާއި ހަމައަށެވެ.



