ފުލުހުންގެ ހިދުމަތުން ރިޓަޔަރވެވަޑައިގެންނެވި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ އަބްދުﷲ ފައިރޫޝްގެ ފުރާނަ ދުއްވާލަން ކުރީގެ ނައިބު ރައީސް އަޙްމަދު މަސައްކަތް ކުރައްވާފައިވާކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.
އެގޮތުން ފައިރޫޝަށް ތަޢުރީފްކުރައްވައި އުމަރު ނަސީރު ވިދާޅުވީ، ފައިރޫޝް އަކީ ވަރަށް ތަޢުލީމީ އަދި ހުނަރުވެރި އޮފިސަރެއްކަމަށާއި، ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެކަމަށެވެ. އަދި ފައިރުޝަކީ ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއްކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، އޭނާގެ ވަޒީރު ކަމުގައި އަދީބު ގެ ނުބައި އަމަލު ތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނުނުކަމަށާއި، ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގައި ފައިރޫޝް އޭނާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިކަމަށެވެ.
"އަދި އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، 'އެހެލަން' މަސައްކަތް ކުރެވުނު. ގޭންގް އެއް ބޭނުންކޮށްގެން ފައިރޫޝް ގެ ފުރާނަ ދުއްވާލަން ރޭވޭ ކަމުގެ މަޢުލޫމާތު ލިބި، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރެވުނު." އުމަރު ނަޞީރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރުވަނީ މި ރާއްޖެ އަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާ. 'ސިޔާސީ ޖާހިލުން' ގެ އަތަށް މިޤައުމު ދޫނުކޮށް މި ޤައުމުގައި މިހިރަ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މި ރާއްޖޭގައި ދެމި ހުންނެވުމަށް ފައިރޫޝްގެ އަރިހުން އެދިވަޑައިގެންފައެވެ.
https://www.facebook.com/UmarNaseerMV/posts/1858219020996891
އުމަރު ނަސީރު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފައިރޫޝް ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.
https://feshun.wonstasite.com/107476




