އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންގެ ނަންތައް ހާމަކުރަން ތައްޔާރުކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ރައްޔިތުންނަށް އަނބުރާ ހޯދޭނެ އަދި ހޯދަންޖެހޭ ފައިސާއެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ އަޑު އެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ އިންސާފު ޤާއިމްކުރެވެން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުން އެތައް ބަޔަކަށް މަންފާވެފައިވާ ކަމަށްވެސް އަދީބު ވަނީ މިއަދު ވިދާޅުވެފައެވެ.
“މިކަމުގައި އިންސާފު ގާއިމްކުރަންޖެހޭ. މީގަ މަންފާވި އެތައް ބަޔަކު އެބަތިބި. އެހެންވެ އެހުރިހާ މަސަައްކަތެއް ކުރަމުން މިދަނީ. އަޅުގަނޑުވެސް މިދަނީ ދެވެނު އެއްބާރުލުމެއް ދެމުން” އަދީބު ވިދާޅުވިއެވެ.





4 Responses
އަޅެ ހުރި ގަޓެއް ޢިގިދާނެ މީޑިޔާ ކުރިމަތީ ލައިވް ކޮން ބުނެލަބަލަ ހުރިތެދުވެރި ކަމަކާ ހުރިގަޓެއް ޢިގިދާނެ
ތިބުނާ ފައިސާ އާއި ދެން ހުރި ކަންކަން އެބަ ޥާގޮތް ހުރިހާ މީހުންނަށް ވެސް އިގޭ މައްސަލައަކީ ހަމަ ޢެކަނި ޢިންސާފް ވެރި ފަޑިޔާރު ގެއެއް ނެއް މައްސަލައެއްނު
އެމް.އމް.ޕީ.އާރ.ސީ ގެ ފައިސާ ތަކުގެ ބާނީ އަދީބު ބެހި ފައިސާ ތަކުގެ ތަފްސީލު ހާމަ ކުރާކަށް ނުކެރޭނެ.
heyerey ge nan nukiyaathi. gotheh hadhaalaanan nooniyyaamu