3 ދުވަސް ތެރޭ 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް!

މިއަހަރުގެ ފުރަތަމަ 3 ދުވަސް ތެރޭ 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 10،360 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 ދުވަހު ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން ވަނީ 3,226 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި ޔޫކްރެއިން ދެވަނާގައި އޮތްއިރު އެޤައުމުން ވަނީ 979 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި 3 ދުވަހު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާ އިންނެވެ. އެޤައުމުން 778 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށްވަނީ 555،399 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ