ކަނޑުހުޅުދޫ ބޮއްކުރައެއްގައި ކަނޑަށް ނިކުތް ތިން މީހުންގެ ތެރެއިން ދެމީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކަނޑުވެގެން ހޯދަމުންދަނީ ގއ.ކަނޑުހުޅުދޫ ކައިރީ އޮންނަ ފަޅު ރަށަކަށް މަސްތުވާތަކެތި ބަލައި ދިޔަ ތިން މީހުންގެ ތެރެއިން ދެމީހުންނެވެ. ކަނޑު މީހުންގެ ތެރެއިން އެކަކު ވަނީ ސަލާމަތިން ރަށަށް އަރައި އެ ޚަބަރު ފުލުހުންނަށް ދީފައެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ މެންބަރަކު މިނޫހަށް ވިދާޅުވީ، ފެރީގައި ކަނޑުހުޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކަށް ފުލުހުން ކަނޑުހުޅުދޫގައި ހަރަކާތްތެރިވާކަން އެނގިގެން ކަނޑަށް ފުންމާލައިގެން ކައިރީ އޮތް ފަޅިރަށަކަށް މިއަދު މެންދުރުފަހު އަރާފައިވާ ކަމަށާއި، ކަނޑުވެފައިވަނީ އެމީހާ ބަލައި ބޮއްކުރައެއްގައި މިއަދު ހަވީރު ދިޔަ ތިން މީހުން ކަމަށެވެ.
މިއަދު ހަވީރު 06:00 ޖަހާކަންހާއިރު ބޮއްކުރާ އަޑިއަށް ގޮސް ކަނޑުވި މީހުންގެ ތެރެއިން ސަލާމަތުން ފަތާފައި ރަށަށް އެރި މީހާ ހާދިސާގެ މަޢުލޫމާތު ދިނުމާއެކު އެރަށު ކައުންސިލާއި އާއްމު ރައްޔިތުންގެ ބަޔަކު ވަނީ ދޯންޏެއްގައި ނިކުމެ ކުރި މަސައްކަތުން އެއާޕޯޓް ތަރައްޤީ ކުރަމުންދާ މަރުވާލު (ފަޅުރަށެއް) ކައިރިން އެކަކު ހޯދާ ދޯންޏަށް ނަގާފައެވެ.
ފުލުހުން ވިދާޅުވީ، ގއ.ކަނޑުހުޅުދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން އެކަކު ފެރީއިން ކަނޑަށް ފުންމާލައިގެން ގޮސް ފަޅުރަށެއް ކަމަށްވާ މަރުވާލު އަށް އަރާފައިވާ ކަމަށާއި، އެމީހާ ބަލައި ޑިންގީއެއްގައި ދިޔަ ތިން މީހުން، ޑިނގީ ބަންޑުން ޖަހާލުމުގެ ސަބަބުން ކަނޑުވެފައިވާ ކަމަށެވެ.
އަދި މިހާދިސާގައި އެކަކު ފަތާފައިގޮސް މަރުވާލަށް އަރާފައިވާ ކަމަށާއި، އިތުރު މީހަކު ކަނޑުހުޅުދޫ ދޯންޏަކަށް ނަގާފައިވާއިރު، މިހާރު ހޯދަމުންދަނީ އެކަކު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކަނޑުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިރޭ 21:30 ހާއިރު ފުރަތަމަ މީހާ ފެނުނުއިރު، ދެވަނަ މީހާ ފެނިފައިވަނީ 22:00 ހާއިރުއެވެ.
މަސްތުވާތަކެއްޗާއެކު ފުލުހުންނަށް ފިލަން އުޅުނު ބަޔަކު ކަނޑުވިއިރު، އިއްޔެވެސް އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަކަޔަށް އެރަށު ރައްޔިތުން ވަނީ ހުރަސް އަޅާފައެވެ.
ހިޔާލު
Abaduves mi ivenee masthu ziney raa masrasmaaree party drug mee thoa dhvehinge haalakee
ވިސްނާ ފިކުރު ކުރާށެވެ.
ކޮމެންޓް ކުރުން ބަންދު