ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލައިފިއެވެ.
މި ފުޓްސަލް ދަނޑަކީ ވިލިނގިލީ ޔޫތް ސެންޓަރ ގޯތި ތެރޭގައި ހުރި ފުޓްސަލް ދަނޑެވެ.
މި މައްސަލައިގައި ފުލުހުން ދެންމެ ވިދާޅުވީ، ފުޓަސަލް ދަނޑުގައި އަޅައިފައި އޮތް މެޓުގައި އަލިފާން ރޯކޮށްލައިފައިވާ މައްސަލަ މިރޭ 19:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"ވިލިނގިލީ ޔޫތް ސެންޓަރ ގޯތި ތެރޭގައި ހުރި ފުޓަސަލް ދަނޑުގައި އަޅާފައި އޮތް މެޓުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލަ 2021 ޖެނުއަރީ 04 ވަނަ ދުވަހުގެ 19:54 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވޭ" ފުލުހުން މިރޭ ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.
ފުލުހުން މިހާރު އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.



