އޮންލައިން ނޫސް ވަގުތަށް ފުލުހުން ރައްކާތެރިކަން ފޮރުކޮށްދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، ވަގުތު އޮންލައިން އަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލައެއް ފުލުހުންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުންދާއިރު ވަގުތު ނޫހަށް ބޭނުންވާ ރައްކާތެރިކަން ފުލުހުންދަނީ ފޮރުކޮށްދެމުން ކަމަށެވެ.
ވަގުތު އޮންލައިން އަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލަ ތަހުގީގު ކުރަމުންދާކަން ފުލުހުން މީޑިއާއަށް ހާމަކޮށްފައި މިވަނީ، ވަގުތު އޮންލައިން އިން "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން މީސްމީޑިއާގައި އެނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަނިކޮށެވެ.
ނޫސްވެރިންނަށް މީސްމީޑިއާގެ އެކިވަސީލަތްތައް މެދުވެރިކޮށް އިންޒާރުދޭ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންވެސްވަނީ ކަނބޮޑުވުން ފާޅުކޮށް މިފަދަ މައްސަލަތައް ބަލައި ދިނުމަށް ފުލުހުންގެ ކިބައިގައި މިއަދު އެދިފައެވެ.
ވަގުތު އޮންލައިން ގައި "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި ޝާއިއުކުރި ތަހުގީގީ ރިޕޯޓަކީ އެ ނޫހުގެ ނޫސްވެރިން ދެމަހެއްހައި ދުވަސް އައްޑޫ ސިޓޫގައި ހޭދަކުރުމަށްފަހު އެކުލަވާލި ރިޕޯޓެކެވެ. މި ރިޕޯޓު އެކުލަވާލުމުގައި އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ހަރަކާތްތެރިވާ ހައްދުފަހަނައެޅި ފިކުރުގެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވާނެ ކަމަށް ވަގުތު އޮންލައިން އިން މައުލޫމާތު ދެއެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުން ދިރިއުޅޭ ތަންތަނާއި، މަޝްވަރާ މަޖިލީސްތައް ބާއްވާ ތަންތަނާއި ސަރަޙައްދުތަކަށް ފާރަލައި، އެމީހުންގެ ތެރެއިން ބައެއް މީހުންނާއި ސީދާ ބައްދަލުކޮށް ކުރީން އެނގިފައި ނުވާ ގިނަ ވާހަކަތަކެއް ހޯދާފައި ވާނެކަމަށްވެސް އެނޫހުން ބުނެއެވެ.





2 Responses
ރައްކާތެރިކަންދޭން މީ ބައެއްތަ؟؟ ހުރިހާ ނުބައި ކަމެއް ކޮށްފަ
Feshun noohah rakkaatheri kan nudhineema dera v dw