ކޮވިޑް ކެމްޕޭނުން "ވަގުތު" ވަކިވެއްޖެ

އޮންލައިން ނޫސް "ވަގުތު" އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މީޑީއާތަކުން ފެށި ކެމްޕޭނުން ވަކިވެއްޖެއެވެ.

'ކޮވިޑް ހުއްޓުވާނީ އަހަރެން' ނަމުގައި މީޑީއާތަކުން މި މަހުގެ 1 ވަނަ ދުވަހު ފެށި ކެމްޕެއިނުން ވަގުތު ވަކިވި ސަބަބު ބަޔާންކޮށް މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެނޫހުން މި ކެމްޕެއިނުން ވަކިވެފައިވަނީ ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވި، އެއްވެސް ނަތީޖާއެއް ނުނެރެވޭ ވާހަކަތައް ގިނަ ބައްދަލުވުންތަކުގެ ސަބަބުން ކެމްޕޭނުން ހާސިލްކުރަން ބޭނުންވާ މަގުސަދު ހާސިލްކުރަން ހުރަސް އެޅިފައިވާތީ ކަމަށެވެ.

މީގެއިތުރުން މި ކެމްޕެއިނުން ނާޖާއިޒް ފައިދާތަކެއް ނަގައިގެން ބައެއް ފަރާތްތަކުން އަމިއްލަ މަންފާތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަގުތުގެ ނޫސްބަޔާނުގައި ތުހުމަތު ކޮށްފައި ވެއެވެ. ނަމަވެސް މި މަންފާ ތަކަކީ ކޮބައިކަން ވަގުތުގެ ނޫސްބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

މި ކެމްޕެއިން އިން ވަގުތު ނޫހުން ވަކިވި ނަމަވެސް ކޮވިޑް-19 އާއިމެދު ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ވަގުތު ނޫހުން ކުރަމުން ގެނާދާނެކަން އެނޫހުން ފާހަގަ ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ