ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ.
އެ ކޮމިޝަނުން އެހެން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަލުން އިތުރުކުރުމާއި ގުޅިގެންނެވެ. އެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް މިއަދު ވަނީ އިތުރުކޮށްފައެވެ.
Local Council inthikhab veehaaves avahah beyvun varah muhinmu. Mikan kurumah qanoon ah badhal gennan jehey nama, ekanves kurun muhinmu kamuga alhugandu dheken
— Mohamed Nasheed (@MohamedNasheed) January 4, 2021
ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބާއްވަން އިންތިހާބުތަކާ ބެހޭ ގާނޫނު ތަނެއް ނުދެއެވެ. މިހެންކަމުން އިންތިހާބު ބާއްވަން ޖެހޭނަމަ ދެން ޖެހޭނީ އިންތިހާބުތަކާ ބެހޭ ގާނޫނު ބަދަލުކޮށް ކުއްލި ނުރައްކަލެއް ސަރުކާރުން އިއުލާނު ކުރިއަސް އިންތިހާބު ބޭއްވޭނެކަމަށް ކަނޑައަޅާށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އެޗްޕީއޭއިން ވަނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލާފައެވެ.




