މޫސުން ގޯސްވެ ހއ. އިން ފެށިގެން ށ. އަތޮޅަށް ވައިޓް އެލާޓް!

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މިއަދު ހަވީރު 14:15 އިން މިރޭ 20:00 އާއި އެ ސަރަހައްދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދު ހެނދުނު 9:15 އިން 13:00 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކޮށް އުޅޭތީ އެމްއެންޑީއެފް އިންވެސް ވަނީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ