މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

ނ އަތޮޅުން ލ އަތޮޅަށްވެސް ވައިޓް އެލާރޓް ނެރެފި

މޫސުން ގޯސްވެ، ނ އަތޮޅުން ފެށިގެން ލ އަތޮޅަށްވެސް ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދުގެ18:00 ން މިރޭ23:00 އަށް ނ. އަތޮޅުން ލ. އަތޮޅަށް ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި މިސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިއެލާރޓްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާކަމަށެވެ.

"ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކޮށް އުޅޭތީ އެމްއެންޑީއެފް އިން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ