ކޮވިޑް-19ގެ ހާލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް އެއްމިލިއަން ޔޫރޯގެ އެހީ ދީފިއެވެ.
ޔޫރޮޕިއަން ޔޫނިއަންއާއި ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ރާއްޖެއަށް ދިން މި އެހީއަކީ ރާއްޖެއިން ކޮވިޑް-19ގެ ބަލިމީހުންނަށް ދޭ ފަރުވާއާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ދިން އެހީއެކެވެ. އަދި ރާއްޖޭގެ ރެޕިޑް ރެސްޕޮންސް ޓީމަށާއި އެމަރޖެންސީގައި ފަރުވާދޭން ޖެހޭ ބަލިމީހުންނަށްދޭ ފަރުވާ އިތުރަށް ރަނގަޅުކުރުމަށް އެހީވުމަކީވެސް މިއެހީގެ މަޤުސަދެކެވެ.
މި އެހީގެ ތެރޭގައި ބޭހާއި ސިއްޙީ ދާއިރާގައި ބޭނުންކުރާ ތަކެތީގެ އިތުރުން މެޑިކަން ފެސިލިޓީތަކަށް ބޭނުންވާ ބައެއް ސާމާނި ހިމެނެއެވެ. އަދި ރާއްޖޭގެ ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫއަށާއި އެހެން ބައެއް ފެސިލިޓީތަކަށް ބޭނުންވާ ތަކެތިވެސް ހިމެނެއެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށާއި ރެޕިޑް ރެސްޕޮންސް ޓީމަށް ބޭނުންވާ އެހީވެސް ވަނީ ޑަބްލިއު.އެޗް.އޯއިން ފޯރުކޮށްދީފައެވެ. މި އެހީގެ ސަބަބުން ރާއްޖޭގައި ކޮވިޑް-19އަށް ދެމުން ގެންދާ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވާނެކަމަށް ޑަބްލިއުއެޗްއޯއިން ދެކެއެވެ.




