ޑިސެމްބަރުމަހު އެމެރިކާގައި އިގުތިސާދު ދަށަށް

ޑިސެމްބަރުމަހު އަނެއްކާވެސް އެމެރިކާގެ އިގުތިސާދު ދަށަށް ގޮސް ގިނަ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސެމްބަރުމަހު އެމެރިކާގެ ވަޒީފާދޭ ފަރާތްތަކުންވަނީ އެމީހުންގެ ވަޒީފާތަކުގައި މަސައްކަތްކުރާ 140،000 މީހުން އެމީހުން އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކޮށްފައެވެ.

މިއާއެކު ކޮވިޑް-19ގެ ސަބަބުން ދަށަށްގޮސްފައިވާ އެމެރިކާގެ އިގުތިސާދު މިއަހަރުތެރޭ ރަނގަޅުވާނެ ކަމަށް ބެލެވުނު ބެލެވުމަށް އަނެއްކާވެސްވަނީ ހިޔަނި އެޅިފައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑިސެމްބަރުމަހު ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލިފައިވަނީ ފިނި މޫސުމާ އަދި ކޮވިޑް-19 އަނެއްކާވެސް އެމެރިކާގައި ފެތުރުން އިތުރުވުމާއި ގުޅިގެންނެވެ.

އެމެރިކާއިން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް އަނެއްކާވެސްވަނީ ވަރުގަދަ ކުރަން ފަށައިފައެވެ. މީގެ ސަބަބުން ރެސްޓޯރެންޓުތަކަށާއި ބާތަކަށްވަނީ މިކަމުގެ އަސަރު ކުރަން ފަށައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެމެރިކާއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ އަހަރުވަނީ 20 މިލިއަނަށްވުރެ ގިނަ ވަޒީފާ ގެއްލިފައެވެ. މީގެތެރެއިން 11 މިލިއަނެއްހާ މީހުން އަދިވެސް ތިބީ އަދާކުރާނެ ވަޒީފާއެއް ނެތިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ