ގއ. ދެއްވަދޫއިން ލ.ފޮނަދޫއަށް އައި ދެފަރަތާތެއް ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް މިނޫހަށް އެކަން ކަށަވަރުކޮށްދީފައިވާއިރު، ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު 27 އެރަށަށްއައި ދެމައިން ކަމަށެވެ. އަދި އެދެމައިންނަކީ ފޮނަދޫއަށް ނިސްބަތްވާ ބައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"27 ޑިސެމްބަރ 2020 ވަނަ ދުވަހު ދެއްވަދޫއިން ފޮނަދޫއަށް އައި 2 ފަރާތެއްގެ ކޮވިޑްގެ އަލާމާތްތަށް ފެނުމާއި ގުޅިގެން މިއަދު ނެގި 02 ސާޕަލްވަނީ ޕޮސިޓިވްވެފައެވެ." ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވިއެވެ.
އަދި ފަހުން އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާކަމަށް ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވިއެވެ. މިދެމީހުންނަކީވެސް ކުރިން ޕޮޒިޓިވްވި ދެމީހުންގެ އާޢިލާއަށް ނިސްބަތްވާ ބައެކެވެ. މިހާތަނަށް ޖުމްލަ ހަތަރު މީހަކު ފޮނަދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ. މިއެންމެންވެސް ފޮނަދޫއަށް އައިސްފައިވަނީ ގއ. ދެއްވަދޫއިންނެވެ.
އަދި އެރަށުން ޕޮޒިޓިވްވި މި ހަތަރު މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ނޫންނެވެ.
ދެއްވަދޫ ކޭސްގައި ހޯމްކަަރަންޓީނުގައި ތިބަ ބަޔަކު ނެގެޓިވްކަމަށް އެންގުމުން އެމީހުން ކަރަންޓީނު ނުކުތްފަހުން އޭގެތެރޭގައި ހިމެނުނު ހަތަރު މަހުގެ ކުއްޖާގެ ނަތީޖާ ނުލިބޭކަމަށް އަތޮޅު ހޮސްޕިޓަލުން ފަހުން އެންގިއެވެ. އަދި ފަހުން އެ ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަމަށް ހޮސްޕިޓަލުން އަންގާފައިވާއިރު، އެކުއްޖާއާއި ބައްދަލުވި މީހަކުވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
https://feshun.wonstasite.com/108051



