ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް އެމްޓިސީސީއަށް!

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި މިއަދު
ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 390 ދުވަސްތެރޭގައި ނިންމާ ގޮތަށް 53.99 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 3.64 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ
މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީއިން އަންނަނީ ގިނަ ރައްތަތެއްގައި ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތައް ފުރިހަމަކަމާއެކު ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ