ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ %75 މަސައްކަތް މިހާރު ނިމިފައިވާ ކަމުގައި އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ދަށުން، 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10،205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެކުންފުނިން ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން، ތާރު އެޅުމުގެ %50 މަސައްކަތުގެ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި3.5 ކިލޯމީޓަރުގެ ދިގުމިނުގެ 12 މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. 
ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 25.5 މިލިއަން ރުފިޔާއަށެވެ.
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއިއެވެ.




ހިޔާލު
ތިޔައީވެސް ޔާމީނުސަރުކާރުން ފަށާފައިވާ ޕޮރޮޖެކްޓު ތަކެއް ވަރށްސާފް އިނގޭތޯ