ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް

ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް އައްޔަންކުރައްވައިފިއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގެ މަގާމަށް މަބްރޫކް އައްޔަން ކުރައްވައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މީގެކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމުގައެވެ. އެ މަގާމަށް މަބްރޫކް އައްޔަންކޮށްފައި ވަނީ ޖުލައި 2019 ގައެވެ. ކޮވިޑް-19 އާ ގުޅިގެން މަބްރޫކް ވަނީ ހަތަރުމަސް ދުވަސް ވަންދެން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުކަން ވެސް ކުރައްވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް އަޒީޒަށް ކަަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ