ގއ. ދެއްވަދޫގައި ގިނަ އަދަދެއްގެ ބައެއް ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެރަށުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުން ދަތިތަކާއި ކުރިމަތިވަމުން ދާތީ، އެރަށަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ފޮނުވައިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެއްވަދޫ ކްލަސްޓާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެޗްއީއޯސީގެ ފަރާތުން ބުނީ، ވައްޒަފުންގެ ދަތިކަން ކުރިމަތިވެ، ގއ. ދެއްވަދުއަށް ސިއްހީ ހިދުމަތްތެރީންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ.
ދެއްވަދޫ ކްލަސްޓާގެ މައުލޫމާތުދެއްވަމުން އެޓޯލްސް ޕްރެޕެއާޑްނެސް ކްލަސްޓާގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ، ދެއްވަދޫން ޕޮޒިިޓިވްވި ކޭސްތަކާ ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުން މުވައްޒަފުންގެ ދަތިކަން އެރަށަށް ކުރިމަތިވެފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ސިއްހީ ހިދުމަތްތެރީންގެ ޓީމެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ކޮވިޑަށް ވަނީ 22 މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 4 މީހަކު ލ. ފޮނަދޫގައި ހުރިއިރު، ދެމީހަކު ހުރީ ހުޅުމާލޭގައެވެ. މިހާތަނަށް ދެއްވަދޫ އިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 148 އަރާފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ވެސް ސާމްޕަލް ނަގާނެ ކަމަށް ވެސް މިރޭ ވިދާޅުވެފައެވެ.




