މޫސުން ގޯސްވެ ހއ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށް އެ ސަރަހައްދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ، އެ ސަރަހައްދުގެ އަތޮޅަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރައި، އަދި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ