ޕްރިޔަންކާ ނިކް އާއިއެކު 11 ދަރިން ހޯދައި ކްރިކެޓް ޓީމެއް އުފައްދަން ބޭނުން

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއިއެކު 11 ދަރިން ހޯދައި ކްރިކެޓް ޓީމެއް އުފައްދަން ބޭނުންވާ ކަމަށް ބުނެފިއެވެ.

ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މަޒާޖީ ގޮތަކަށް ޕްރިޔަންކާ ބުނީ އޭނާ ފިރިމީހާ ނިކް ޖޯނަސް އާއިއެކު 11 ދަރިން ހޯދައި ކްރިކެޓް ޓީމެއް އުފައްދަން ބޭނުންވާ ކަމަށެވެ. އެހެން ބުނުމަށްފަހު ހިނިގަނޑެއް ޖަހާލާފައި ޕްރިޔަންކާ ވަނީ ފަހަރެއްގައި އެވަރު މާ ގިނަ ވެދާނެ ކަމަށް ބުނެފައެވެ.

ޕްރިޔަންކާ ވަނީ އެ އިންޓަވިއުގެ ތެރޭގައި، ވަރަށް ސީރިއަސްކޮށް ވާހަކަދައްކަމުން އޭނާ ދަރިން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާ އަށް ލިބޭ ވަރަކަށް ގިނައިން ދަރިން ބޭނުންވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ފިރިމީހާ ނިކް އާއި ޕްރިޔަންކާ އާއި ދެމެދު އޮންނަ އުމުރުގެ ތަފާތު ކަމާއި ދެމީހުންގެ އަދާކާދައާއި ޘަގާފާތުގެ ތަފާތުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ނިކް އިންޑިއާގެ އާދަކާދަ އާއި ޘަގާފަތަށް ވަރަށް ފަސޭހައިން ހޭނިއްޖެ ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި އޮތް 10 އަހަރުގެ ތަފާތުގެ ސަބަބުން އުނދަގޫ ނުވާ ކަމަށްވެސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ