ފިލްމް "ވެދާ"ގައި ރިތިކް ފެންނާނެ ގޮތް--

ރިތިކްއަށް 48 އަހަރު، އާ ފިލްމްގެ ޕޯސްޓަރާއެކު ފޭނުން ހައިރާންކޮށްލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އަށް އިއްޔެ ވަނީ 48 އަހަރު ފުރިފައެވެ. އަދި އުފަންދުވަހާއި ދިމާކޮށް އޭނާގެ ފޭނުން ހައިރާންކޮށްލުވީ، އޭނާ ކުޅެން ތާވަލްކޮށްފައި އޮތް ބޮޑު ފިލްމް "ވެދާ" ގެ ޕޯސްޓަރާއެކު އެވެ.

ރިތިކްގެ ރީތިކަމާއި ފިޓްނަސް ގެ ވާހަކައަކީ ފޭނުން އަބަދުވެސް ދައްކާ ވާހަކައެކެވެ. އެގޮތުން "ވެދާ" އިން ރިތިކް ފެންނާނެ ގޮތުގެ ފުރަތަމަ ޕޯސްޓަރު އޭނާ ފޭނުންނާއި ހިއްސާކުރުމުންވެސް ގިނަ ބަޔަކު ދެއްކީ އެވާހަކައެވެ. އުމުރުން މިހާ ދުވަސްވީއިރުވެސް ހަށިގަނޑުގެ އެހާ ފިޓް ކޮށް ހުންނާތީ ގިނަ ބަޔަކު އެކަމާ ހައިރާންވެ ތައުރީފުކޮށްފައިވެއެވެ.

އެކްޝަން ތްރިލާ ފިލްމް "ވިކްރަމް ވެދާ" އިން ރިތިކް އާއެކު، އެކްޓަރު ސައިފް އަލީ ހާންވެސް ލީޑު ރޯލުން ފެނިގެންދާނެ އެވެ. މި ފިލްމަކީ ހަމަ އެ ނަމުގައި ނެރުނު ތަމިލް ރީމޭކެކެވެ. މި ފިލްމް ރިލީޒްކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ.

މި ފިލްމްގެ އިތުރުންވެސް ރިތިކްގެ އަތުގައި ބޮޑު ބަޖެޓުތަކުގެ ފިލްމްތަކެއް މިއަހަރާއި އަންނަ އަހަރަށްވެސް ތާވަލުކޮށްފައި އެބައޮތެވެ. އެއީ "ފައިޓާ، އާއި "ކްރިޝް 4" އަދި "ވާ 2" އެވެ.

"ފައިޓާ" މި ފިލްމަކީ މީގެ އެއް އަހަރު ކުރިން، ރިތިކްއަށް 47 އަހަރުވީ ދުވަހު އިއުލާންކުރި ފިލްމެކެވެ. މި ފިލްމްގައި ފެނިގެންދާނީ ރިތިކް އާއެކު ދިޕިކާ ޕަޑުކޯން އެވެ. މިއީ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ މޮޅު ފިލްމެއް ކަމަށް ބެލެވެ އެވެ.

2003 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ފިކްޝަން ފިލްމް "ކޮއި މިލް ގަޔާ" ގެ ކާމިޔާބިއާއެކު ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އުފައްދަން ފެށި "ކްރިޝް"އަކީ މިހާތަނަށް ބޮލީވުޑްގައި ހިނގި އެންމެ ކާމިޔާބު ފްރެންޗައިޒް ފިލްމްތަކެވެ. މިހާތަނަށް މި ފްރެންޗައިޒްގެ 3 ފިލްމެއް ގެނެސްދީފައިވާއިރު، "ކްރިޝް 4" ވެސް އަދި އޮތީ ކުރިއަށް ތާވަލުކޮށްފައެވެ. މޮޅު ވީއެފްއެކްސް މަންޒަރުތަކެއް ފެނިގެންދާނެ މި ފިލްމްގެ މަސައްކަތް މަޑުޖެހިފައި އޮތީ ކޮވިޑްގެ ސަބަބުންނެވެ. މި ފިލްމުންވެސް "ކްރިޝް" ގެ ރޯލުން ފެނިގެންދާނީ ރިތިކް ރޯޝަން އެވެ.

ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އާއެކު ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދިޔަ "ވާ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމްގެ ކާމިޔާބީއާއެކު ފިލްމްގެ ދެވަނަ ބައެއް ގެނެސްދޭނެ ކަން އޮތީ އިއުލާންކޮށްފައެވެ. މިއީވެސް ބޮޑު ބަޖެޓަކުން އުފައްދާނެ ފިލްމެކެވެ.

ރިތިކްގެ އަތުގައި ވަރުގަދަ ، އަދި ބޮޑު ބަޖެޓުތަކުގެ ހަތަރު ފިލްމެއް ކުރިއަށް އޮތް އިރު، އޭނާ ވެގެންދާނީ މިއަހަރާއި އަންނަ އަހަރުވެސް ބޮލީވުޑްގައި އެންމެ ކާމިޔާބު ފިލްމްތަކުން ފެނިގެންދާނެ އެއް އެކްޓަރަށެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން