ވޯލްޑް އެސްއެމްއީ ފޯރަމްގައި މެންބަރު ސައީދު ތަގުރީރު ކުރައްވަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށްވާ، ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ލިބިވަޑައިގެންފިއެވެ.

އެކަން ހާމަކުރައްވާ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފުރުޞަތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ފޯރަމްގައި އޭނާ ވާހަކަފުޅު ދައްކަވާނީ ވިޔަފާރި ކުރުމުގައި ގެންގުޅޭ އުސޫލުތަކާބެހޭ ގޮތުންނާއި މި ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ކަމަށެވެ.

މިމަހުގެ 21 އިން 22 އަށް ޗައިނާގެ ބެއިޖިންގައި އޮންނަ މި ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާއިރު، މި ގައުމުތަކުން 150 އަށް ވުރެ ގިނަ ސަރުކާރު އޮފިޝަލުން ބައިވެރިވާނެއެވެ. އަދި 350 ސްޕީކާސް ވާހަކަފުޅު ދައްކަވާއިރު، 1400 އަށްވުރެ ގިނަ ކުންފުނިން 1350 އަށްވުރެ ގިނަ ސީއީއޯ އިން ބައިވެރި ވަޑައިގަންނަވާނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އިކޮނޮމިކް މިނިސްޓަރަށް ވޯލްޑް އެސްއެމްއީ ފޯރަމްގައި ތަގުރީރު ކުރައްވާނެ ފުރުސަތު ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނަށް ވަނީ ޗައިނާ އެސޯސިއޭޝަން އޮފް ސްމޯލް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސްގެ ޖަމިއްޔާގެ ލަފާ ދޭ ކޮމިޓީގެ މެންބަރުކަން ވެސް ލިބި ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް