މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ގެންދާ ވިއްސާރައާއި ގުޅިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ހިމެނޭ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12 އިން ފެށިގެން ހަވީރު 16:00 އަށެވެ. މެޓް އޮފީހުން ވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު 7:00 ގައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރުނު ވައިޓް އެލާޓެ ވަގުތުވެސް ވަނީ 18:00 އާއި ހަމައަށް އިތުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ