ގއ. ދެއްވަދޫ އިން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއާއެކު މިހާރު އެރަށުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.
ގއ. ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 23 ގައި ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންދިޔައިރު އޭގެ ފަހުން އެކި ރަށްރަށް ހިމެނޭ ގޮތަށް އެ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 30 އަށް އަރާފައެވެ.
ދެއްވަދޫ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެ ކްލާސްޓާއާ ގުޅިގެން ލ. ފޮނަދޫ އާއި އެއަތޮޅު ގަން ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި އެ ކްލާސްޓާއާ ގުޅޭ ދެ ކޭސް ހުޅުމާލެއިން ވެސް ފެނިފައިވެ އެވެ. އެޗްޕީއޭ އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެ ރަށަށް ދިޔަ މީހުން އެ އެޖެންސީއަށް އެންގުމަށް ވެސް އެދިފަ އެވެ.




