މޫސުން ގޯސްވެ 45 މޭލަށް ވައިގަދަވާނެކަލަށް މޯސުމާބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.
މެތް އޮފީހުން ވަނީ މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މިރޭ 12:00 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން އިތުރަށް ގޮސްވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވީ މި ސަރަހައްދަށް ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިޖެހޭނެކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
White Alert for strong winds and rough seas pic.twitter.com/B4Eq8jbLCT
— Maldives Meteorology (@MetMaldives) January 12, 2021
މެތް އޮފީހުން ވަނީ މިއަދު ހަވާިރުވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.
މުޅި ރާއްޖޭގެ މޫސުމަށް ބަލާ މެޓް އޮފީހުން ވިދާޅުވެފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވޭ. ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.



