'އާންކޭ 2' ގައި އަމީތާބް އާއިއެކު ސިދާތު؟

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސިދާތު މަލްހޯތުރާގެ ފިލްމެއް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ނުހޯދާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އެހެންނަމަވެސް ސިދާތުގެ ކުރިއަށް ވަރަށް ބޮޑު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އޭނާގެ ލޯބިވެރިޔާ ކަމަށް އަަޑުފެތުރިފައިވާ ކިއަރާ އަދްވާނީ އާއިއެކު ކުޅޭ " ޝޭރްޝާހް" ވެސް ހިމެނެއެވެ.

ސިދާތު ވަނީ ދާދިފަހުން އަމީތާބު ބަޗަން ލީޑްރޯލުން ފެނިގެންދާ ފިލްމު " އާންކޭ 2" ކުޅެން ސޮއިކޮށްފައިކަމަށް އިންޑިއާގެ ބައެއް މުނިފޫހިފިލުވުމުގެ ހަބަރު ފަތުރާ ނޫސްތަކުގައި ރިޕޯޓް ކޮށްފައެވެ.

އެގޮތުން ސިދާތު އޭނާގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އޭނާ " އާންކޭ 2" ކުޅެން ސޮއިކޮށްފައިވާ ކަމުގެ އިޝާރާތެއްވެސް ދީފައެވެ.

" އާންކޭ2 " އަކީ 2002 ވަނަ އަހަރު ގެނެސްދިން ފިލްމު "އާންކޭ" ގެ ރިމޭކެކެވެ. " އާންކޭ 2" ޑައިރެކްޓްކޮށްފައިވަނީ، އަބިނޭ ޑިއޯއެވެ. އެ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ، ތަރުން އަގްރަވާލްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ