މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، މޫސުން ގޯސްވެ ކަނޑުގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.
Alert White for strong winds and rough seas pic.twitter.com/CI2jOXvYtH
— Maldives Meteorology (@MetMaldives) January 13, 2021
މެޓް އޮފީހުން ވިދާޅުވީ، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



