ކެޓްރީނާ އަދި ވިޖޭގެ ފިލްމުގެ ޝޫޓިން މިއަންނަ އޭޕްރީލް މަހު ފަށަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް އަދި ވިޖޭ ސެތުޕަތީ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިންތައް މިއަންނަ އޭޕްރީލް މަހު ޕޫނޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

އަދި މިހާތަނަށް ނަން ހާމަކޮށްފައިނުވާ އެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ، ސްރިރާމް ރާގަވަން އެވެ. ސްރިރާމް މީގެކުރިން ޑައިރެކްޓް ކުރި "އަންދާދުން" ފަދައިން ކެޓްރީނާ އަދި ވިޖޭ ލީޑްރޯލުން ފެނިގެންދާ ފިލްމުވެސް ހަދާފައިވަނީ ހަގީގީ ކުރު ވާހަކައެއްގެ މައްޗަށެވެ.

ސްރިރާމް އޭނާގެ ގިނަ ފިލްމުތައް ޝޫޓް ކުރާ އެއް މަންޒިލަކީ ޕޫނޭއެވެ. އެގޮތުން ސްރިރާމްގެ ފިލްމުތައް ކަމަށްވާ " އަންދާދުން" ، އެކް ހަސީނާ ތީ"، " ބަދްލާޕުރް" ވެސް ޝޫޓް ކޮށްފައިވަނީ ޕޫނޭގައެވެ.

ކެޓްރީނާ މިވަގުތު މަސައްކަތް ކުރަމުން ދަނީ ކޮމެޑީ ފިލްމެއް ކަމަށްވާ " ފޯނު ބޫތު" ގެ ޝޫޓިންތަކުގައެވެ. މިއަހަރުގެ މާރޗް މަހުގައި ކެޓްރީނާ ބޮލީވުޑްގެ މެގަސްޓާ އަދި ކުރީގެ ލޯބިވެރިޔާ ސަލްމާން އާއިއެކު "ޓައިގަރ 3" ގެ ޝޫޓިންތައް ފަށާނެއެވެ. މީގެއިތުރުން، މިއަހަރު ނިމޭ ކޮޅު އަލީ އައްބާސް ޒަފަތުގެ ސުޕަރ ހީރޯ ފިލްމެއްގެ މަސައްކަތްވެސް ކެޓްރީނާ ފަށާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ