ލ.ގަން

ގަމުން އަންހެނަކު ކޮވިޑަށް ޕޮޒިޓވް ވެއްޖެ

ލ.ގަމުން އަންހެނަކު ކޮވިޑު-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައިި ހުރި އަންހެނެއްކަމަށެވެ.

"ލ. ގަމުގައި ހޯމް ކަރަންޓީން މުއްދަތު ހަމަވުމުން 12 ޖަނަވަރީ 2021 ގައި ސާމްޕަލް ނެގި 43 އަހަރުގެ އަންހެނަކުވަނީ ކޮވިޑް19 އަށް ފައްސިވެފައި" ގަން ރީޖިނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މީގެއިތުރުން މި ފަރާތާއި ގުޅުންހުރި އިތުރު ދެ މީހުންގެ ނަތީޖާ އަދި ނުލިބޭކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެރަށު ރީޖިނަލް ހޮސްޕިޓަލުން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިންގއަށްލާފައިވަނީ މީގެ ހަތަރު ދުވަސްކުރިންނެވެ.

އެ ރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެ އަތޮޅުގެ ފޮނަދޫގައި ކަރަންޓީންގައި ނެތް ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި އެންމެންނަކީވެސް ގދ. ދެއްވަދޫއިން އެރަށަށް ދަތުރު ކުރި މީހުންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ ކޮވިޑް-19ގެ އަލާމާތްތައް ހުރިގެން ޕީސީއާރު ޓެސްޓް ހެދުމުންނެވެ.

ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ދެއްވަދޫން އެކަނިވެސް މިހާތަނަށް 33 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވެއެވެ.

https://feshun.wonstasite.com/108284

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ