ފެނަކަ ކޯޕަރޭޝް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަކާއި ގުޅިގެން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ނުވާނެކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކައިން މިހެން ވިދާޅުވެފައި މިވަނީ 'ދިޔަރެސް' ނޫހުގައި ޝާއިޢު ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ. އެޚަބަރުގައި ބުނެފައިވަނީ ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތަފާތު މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ ކޮންޓްރެކްޓަރުންނަށް އެތައް މިލިއަން ރުފިޔާއެއް ނުދީ ހިފަހައްޓާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.
މިކަން ދޮގުކޮން ފެނަކައިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، އެކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ ރޫޙާއި އެއްބަސްވުމުގެ ރޫޙާއި އެއްގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށްވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާކަމަށެވެ.
ފެނަކައިން ވިދާޅުވީ، ހަމަހަމަކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި އެނޫހުގައި އެ ޚަބަރު ޝާއިރު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއިވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއްކަމަށެވެ.
އަދި މީޑިއާތަކުން ފަތުރާ މިފަދަ ޙަޤީޤަތާއި ޚިލާފު ވާހަކައަކުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި ފެނަކައިން މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކަށްވެސް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެކުންފުނިންވަނީ ދީފައެވެ.
ހިޔާލު
ކޮން ރޫހެއްތަ އެގްރީމަންޓް އާ އެއް ގޮތައް ކަން ކަން ދެފަރާތުން ވެސް ނިންމަން ޖެހޭނި