ނޫމަރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ށ.ނޫމަރާގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއާއި، ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲއެވެ.

ނޫމަރާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްކައިވަން ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތުގެ ދަށުން އިންޖީނު ބަހައްޓާ އިމާރާތާއި، އޮފީސް އިމާރާތް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 9 މަސްދުވަހުން ނިންމާގޮތަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ