ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ހުރިހާ އޮފީސް އިމާރާތްތަކާއި ގޯތިތައް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށެގެން ވަރަށް ފޯރިއާއެކު އެބަކުރިއަށްދެއެވެ.
ފެނަކައިން ބުނީ "ފެނަކަ ކްލީނިން ޑޭ 2021"ގެ ނަމުގައި ހިންގާ މި ހަރަކާތް އެ ކުންފުނީގެ ހެޑް އޮފީހުގެ އިތުރުން ކުންފުނިން ހިދުމަތްދޭ 154 ރަށުގައިވެސް މިއަދު ކުރިއަށް ދާނެ ކަމަށެވެ.
މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މި ހަރަކާތް ރަށްރަށުގައި ކުރިއަށް ދާގޮތުގެ އަޕްޑޭޓާއި ފޮޓޯތައް ފެނަކައިގެ އެކި ބްރާންޗްތަކުން ދަނީ ހިއްސާކުރަމުންނެވެ.
ފެނަކައިން ބުނީ މިހަރަކާތުގެ މަގުސަދަކީ ކުންފުނިން ހިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ މާހައުލަކީ ސާފުތާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރު ކުރުން ކަމަށެވެ.
މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ ފެނަކައިން ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމުގައި ފެނަކައިން ބުންޏެވެ.
މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ މި ކުންފުނިން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެކެވެ.#FNKCleaningDay21#TeamFenaka pic.twitter.com/LtoOBHGOfU
— Fenaka Corporation Ltd (@TeamFenaka) August 28, 2021




