"ދަ ގާލް އޮން ދަ ޓްރެއިން" ގެ ޓީޒާއެއް ދައްކާލައިފި

ނެޓްފްލިކްސްގެ އުފެއްދުމެއް ކަމަށްވާ " ދަ ގާލް އޮން ޓްރެއިން" ގެ ޓީޒާއެއް ދައްކާލައިފިއެވެ.

ބާޑް އޮފް ބްލަޑްސްގެ ރިބޫ ދަސްގުޕްތާ ޑައުރެކްޓްކޮށްފައިވާ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޮޕްރާއެވެ. މި ފިލްމަކީ 2016 ވަނަ އަހަރު ގެނެސްދިން އިނގިރޭސި ފިލްމު " ދަ ގާލް އޮން ދަ ޓްރެއިން" ގެ ހިންދީ ފިލްމެވެ.

އެގޮތުން ފިލްމުގެ ޓީޒާ އިން ވަނީ ޕަރިނިތީ ޓްރެއިންގައި ލަންޑަންގެ އެކި ހިސާބުތަކަށް ދަތުރުކުރާ މަންޒަރު ފެނިގެން ގޮސްފައެވެ. " ދަ ގާލް އޮން ދަ ޓްރެއިން" ގެ މުހިންމު ރޯލުތަކުން ޕަރިނިތީގެ އިތުރުން ކްރިތީ ކުލާރީ، އަވިނާޝް ތިވާރީ، އަދި އަދިތީ ރާއޯ ހައިދްރީ ހިމެނެއެވެ.

2016 ވަނަ އަހަރު ހޮލީވުޑްގައި ރިލީޒް ކުރި " ދަ ގާލް އޮން ދަ ޓްރެއިން" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އެމިލީ ބަލަންޓްއެވެ. މި ފިލްމު ނެޓްފްލިކްސްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 26 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ