ދެއްވަދޫ ކްލަސްޓާ: ވިލިގިނލިން އެކަކު، ދާންދޫ އިން ދެމީހުން ޕޮޒިޓިވްވެއްޖެ

ދެއްވަދޫ ކްލަސްޓާއާއި ގުޅޭ ދާންދޫއިން ދެ މީހަކާއި ވިލިނގިލިން އެކަކު ނުރައްކާތެރި ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ގއ. ވިލިގިނލި އަދި ދާންދޫ އިން ކޮވިޑް 19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ދެރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

ދެއްވަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވެގެން ވިލިގިނލިން އެކަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ދާންދޫ އިން ވަނީ ދެމީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެންނެވެ. ދެއްވަދޫ އަށް އަރައި ފޭބުންވެސް ވަނީ އެޗްޕީއޭ އިން މަނާކޮށްފައެވެ. އަދި އެ ރަށުން އެ އަތޮޅުގެ އެހެން ރަށަކަށް މީހަކު ދަތުރުކޮށްފައިވާ ނަމަ ހޯމް ކަރަންޓީނު ވުމަށް ވެސް ވަނީ އަންގާފައެވެ.

ދެއްވަދޫން ފެނުނު 24 ކޭސްއާއެކު، އެ ރަށާ ގުޅުން ހުރި ކޭސްތަކުގެ އަދަދު ވަނީ ޖުމްލަ 30އަށް ވުރެ މައްޗަށް އަރާފައެވެ. އެ ކްލަސްޓާއިން މީގެ ކުރިން ލ. ފޮނަދުއިން ހަތަރު މީހަކާއި ހުޅުމާލެއިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ