ފޮޓޯ: އަވަސް

ދެ މިނިސްޓްރީއަކަށް ޕަރމަނަންޓް ސެކްރެޓަރީ ހޯދަނީ

ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ދެ މިނިސްޓްރީއަކަށް ޕަރމަނަންޓް ސެކްރެޓަރީން ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާން ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއަށާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއަށް ޕާމަނެންޓް ސެކްރެޓަރީން ހޯދުމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ދެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާކަމަށެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓް ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެ ކްރައިޓީރިއާ އެ އިޢުލާނާއެކު ވަނީ އާންމުކޮށްފައެވެ.

މި މަޤާމަށް ކުރިމަތިލާފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.

ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަވެސް މި މަޤާމަށް ޝަރުތު ހަމަވާނެކަމުގައި އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާ ލިބޭނެއެވެ.

މި މަޤާމްތަކަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްއެދި ހުށައަޅާ ލިޔުންތައް 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ