ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެސައިކަލެއް ޖެހިގެން މިއެކްސިޑެންޓް ހިނގީ ރޭ 23:25 ކަންހާއިރު ފުނާޑު ޕާކް ކަންމަތިން ލިންކް ރޯޑްގައެވެ.
އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެކްސިޑެންޓް ހިނގީ ޕާކް ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ކޮންމެ ސައިކަލެއްގައި ވެސް އިނީ އެކަކު ކަމަށް މައުލޫމާތު ލިބެއެވެ. ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ލިންކް ރޯޑުން ސައިކަލް ދުއްވާފައި ދިޔަ މީހާއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



