މޯހިތު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޓީވީ އިންޑަސްޓްރީގެ ކުޅަދާނަ އަދި މަޝްހޫރު ބަތަލު މޯހިތު މާލިކް ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

މޯހިތު ބުނީ އޭނާ ކޮވިޑަށް ޓެސްޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހު، ހުންއައިސް ހުރުމުން ކަމަށެވެ. ހުން އައިސް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުން މޯހިތު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މޯހިތު ބުނީ އޭނާ ބައްޔަށް ޕޮޒިޓިވްވެއްޖެ ކަން އެނގުނު ހިސާބުން އަމިއްލަ ގޭގައި ކަރަންޓީނު ވެފައިވާ ކަމަށާއި އަދި ވޭތުވެދިޔަ ހަފްތާއެއް ހާ ދުވަހު އޭނާ ދިމާވެ ކޮންޓެކްޓް ވި މީހުން ވީހާވެސް އަވަހަކަށް ކޮވިޑް ޓެސްޓް ކުރަން އެދޭ ކަމަށެވެ.

މޯހިތު އަކީ ސްޓަރޕްލަސް އިން ދައްކަމުން އަންނަ "ލޮކްޑައުން ކީ ލަވް ސްޓޯރީ" ލީޑް ބަތަލެވެ. މޯހިތު ކުޅެފައިވާ ބައެއް މަގްބޫލު ސީރިއަލް ތަކުގެ ތެރޭގައި "ކުލްފީ ކުމާރު ބާޖެވާލާ"، "ޑޮލީ އަރްމާނޯ ކީ" އަދި ""ޕަރީ ހޫން މޭ"ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ